ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/7 |
ތާރީޚް |
09 ޝަޢުބާން 1445 |
|
19 ފެބުރުއަރީ 2024 |
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަކަށް އިތުރުކުރެވޭ 03 ބިންު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
މިރަށުގެ އިޖުތިމާޢީ ބިންތަކަށް އިތުރުކުރެވޭ 03 ބިމެއްް ( ރާޅުގަނޑު މަގުން ބޮޑު ހަވިއްތަ އާއި ހަމަޔަށް ) ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިދެންނެވި 03 ބިންު ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.
- ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
- މިހާރު ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުން
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް