ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/51
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 21 އޭޕްރިލް 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ނެޓްވޯކް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ނެޓްވޯކް އެޑްމިނިސްޓްރޭޓަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

02 (ދޭއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

  • އަސާސީ މަހަކު: -/10،000 ރ
  • ޕަރފޯމަންސް އެލަވަންސް: -/5,000 ރ
  • ހާޒިރީ އެލަވަންސް: -/2،000 ރ

ފެންވަރު/ޝަރުޠު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ މަގާމުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސިސްކޯ ސަރޓިފިކެޓް އޭ.އެސް.އޭ ސްޕެޝަލިސްޓް، ސިސްކޯ ސަރޓިފިކެޓް އައި.އެސް.އޯ ސެކިއުރިޓީ ސްޕެޝަލިސްޓް
  • އޯއެސްއައި  މޮޑެލް ގެ އިލްމު ހުރުމާއި، އެތޭރނެޓް ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައި.ޕީ، އައި.ޕީ އެޑްރެސްކުރުމާއި ކޭބަލް ކުރުމުގެ ހުނަރު ހުރުން.
  • ކްލައިންޓް ސަރވަރ، ވިންޑޯސް އެން.ޓީ / އެކްސް.ޕީ ސަރވަރ، އެޑްވާންސްޑް ސަރވަރ 2000، ވީއެމްވެއަރ އީއެސްއެކްސް ސަރވަރގެ ވަރޗުއަލައިޒޭޝަން، އެޑްމިނިސްޓްރޭޝަން، އަދި ލިނެކްސް/ ޔުނިކްސް ފަޔަރވޯލް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމުގެ މަސައްކަތު ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް

ނޭޝަނަލް ކޮމްޕިއުޓިންގ ނެޓްވޯކް (އެން.ސީ.އެން) އަދި ވައިޑް އޭރިއާ ނެޓްވޯކް (ޑަބްލިއު.އޭ.އެން)ގެ އެޑްމިނިސްޓްރޭޓިންގ މަސައްކަތް ކުރުމާއި ލޯކަލް އޭރިއާ ނެޓްވޯކް އަދި ސަރވަރތައް ކޮންފިގަރކުރުން.

(މިމަސައްކަތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚުު: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334(960)، ފެކްސް ނަންބަރު: 4004 334(960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

24 ޖުމާދަލްއާޚިރު 1436

13 އޭޕްރިލް 2015