ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341-ADMN/341/2024/8
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:08
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާއި ގުޅޭ

އިޢުލާން

 

ޢިމާރާތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާއި ގުޅޭ:

 

          އއ. އުކުޅަހުގައި ހަދަމުންދާ އިމާރާތްތަކުގައި ޤާނޫނު ނަންބަރު: 2017/4 (ޢިމާރާތްކުރުމުގެ ޤާނޫނު) އާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ކަނޑައަޅައިފައިވާ ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ މިންގަނޑުތައް ފުރިހަމަ ނުވާކަން ވަނީ މި ކައުންސިލަށް ފާހަގަ ކުރެވިފައެވެ. މަސައްކަތްކުރާ މީހުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަކާނުލާ މަސައްކަތްކުރުމަކީ އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް މަސައްކަތްކުރާ މީހުންނާއި އާންމު ރައްޔިތުންނަށް ކޮށްފާނެ ނުރައްކައުތެރިކަމެކެވެ. އެގޮތުން ޢިމާރާތްކުރުމުގެ މަސައްކަތުގައި، އެ މަސައްކަތް ރައްކައުތެރިކަމާއެކު ކުރުމަށްޓަކައި ސްކެފޯލްޑިންގ ނުވަތަ ވަގުތީ އަށި އަޅަންވާނެ ކަމަށް ގަވާއިދު ނަންބަރު: 2019/R-156 (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް ގިނަ އަދަދެއްގެ ޢިމާރާތްތަކުގައި ސްކެފޯލްޑިންގ ނުވަތަ ވަގުތީ އަށި ނާޅައި މަސައްކަތް ކުރަމުންދާކަންވަނީ މި ކައުންސިލަށް ފާހަގަ ކުރެވިފައެވެ.

     ވީމާ، ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ މިންގަނޑުތައް ފުރިހަމަ ނުވާ ތަންތަނުގައި ނަންބަރު: 2019/R-156 (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު) (ގަވާއިދުގެ ލިންކް: https://gazette.gov.mv/gazette/4624) ގަވާއިދުގައިވާ މިންގަނޑުތައް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                           19 ފެބްރުއަރީ 2024

19 ފެބުރުވަރީ 2024