ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)D06-HC/2024/03
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:41
ނ. ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފައިލޭރިއާ ސްކްރީން ކުރުމުގެ ކެމްޕޭން ކުރިއަށް ގެންދިއުމާ ގުޅޭ

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގަރާމް 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުން ފެށިގެން  މިރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކްރީނިންގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންނެވެ. ފައިލޭރީއާ އަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެންނެވެ. މި ޓެސްޓްގެ ނަތީޖާ 10-15 މިނެޓް ތެރޭގައި ލިބޭނެއެވެ.

ޓެސްޓް ހެދުމަށްފަހު ޕޮޒިޓްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ޞިއްހީ ޚިދުމަތްތެރިންގެ ބެލުމުގެ ދަށުން ދެވޭނެއެވެ. މި ބޭސް ކާންޖެހޭނީ އެއްފަހަރުއެވެ. ޕޮޒިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެމީހުންގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުން ހުއްޓުވޭނެއެވެ.

މި ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގެތަކުގެ ބޭފުޅުން ޓެސްޓް ކުރުމަށް މި މަރުކަޒަށް ވަޑައިގަންނަވާނީ ތިރީގައި އެވާ ތާވަލާ އެއްގޮތަށެވެ. ބިދޭސީންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ސްކްރީނިންގ ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާ މުއާމަލާތުކުރާނެ ވާހަކަ ދަންނަވަމެވެ.

ދިވެހިން

22 ފެބުރުވަރީ 2024، ބުރާސްފަތި

14:00- 17:00

ބިދޭސީން

23 ފެބުރުވަރީ 2024، ހުކުރު

14:00- 17:00

 

 

9 ޝައުބާން 1445

19 ފެބުރުވަރީ 2024