ބީލަން
ނަންބަރު: GS31/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 05 މާރިޗު 2024 11:15
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ދ.އަތޮޅު މަދަރުސާގެ ސްޓާރފްރޫމާއި، އޮފީސް ޢިމާރާތުގެ އަސްކަނި އަދި ދިޔަދޮވި އަމިއްލަތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދުން.

ދ.އަތޮޅު މަދަރުސާގެ ސްޓާރފްރޫމާއި އޮފީސް ޢިމާރާތުގެ އަސްކަނި އަދި ދިޔަދޮވި އަމިއްލަތަކެތީގައި މަރަތާތުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަދަރުސާގެ ނަންބަރ:GS-31/IUL/2024/04 ( 13 ފެބުރުއަރީ 2024 ) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމަށް ރަޖިސްޓްރީ ކޮށްފައި ނުވާތީވެ އެ އިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރަތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19  ފެބުރުއަރީ 2024 އިން 25 ފެބުރުއަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް، މަޢުލޫމާތު ސާފްކުރާ ފަރާތުގެ ނަން އީ މެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ފެބުރުއަރީ 25 ވާ އާދީއްތަ ދުވަހުގެ 10.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2024 ފެބުރުއަރީ 26 ވާ ހޯމަ ދުވަހުގެ 11.15ގައި ދ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 05މާރިޗު 2024  ވާ އަންގާރަ ދުވަހުގެ 11:15 ގައި މި ސްކޫލްގައެވެ. އަދި މިއިއުލާނާއެކު މިމަސައްކަތާގުޅޭ މައުލޫމާތުގެ ބިޑްފޮތް  އެއްކަރުދާސްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

     ދ.އަތޮޅު މަދަރުސާ

     ފޯނު ނަންބަރ: 7952915

    އީމެއިލް: [email protected]

19 ފެބުރުވަރީ 2024