މަސައްކަތް
ނަންބަރު: IL-298/2015/17
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި:
16 އޭޕްރިލް 2015 15:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދުމާބެހޭ
1436 ވަނަ އަހަރު އަލިފުށީގައި ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދުމާބެހޭ
1436 ވަނަ އަހަރު އަލިފުށީގައި ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދަން ބޭނުންވެއްޖެއެވެ.
ޝަރުޠު:
- އުމުރުން 18 އަހަރުވެފައިވާ ފިރިހެން ބޭފުޅަކު ކަމުގައިވުން.
- ޤުރުއާން ހިތުދަސް ޙާފިޠަކު ކަމުގައިވުން (ޙާފިޠުކަމުގެ ސެޓުފިކެޓު އޮތުން).
- ރީތިކޮށް ތަޖުވީދުމަގުން ޤުރުއާން ކިޔަވަން އެނގުން.
އުޖޫރަ:
- 500 ޑޮލަރު ނުވަތަަ މިއަދަދަށްވާ ދިވެހިފައިސާ
އެހެނިހެން ޢިނާޔަތްތައް:
- ދަތުރު ޚަރަދާއި ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއިދާރާއަށް ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
20 ޖުމާދަލްއާޚިރާ 1436
09 އޭޕްރިލް 2015