މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/125
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 20 އޭޕްރިލް 2015 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅަން

ފައިބަރ އޮޕްޓިކް ކޭބަލެއް އަޅަން ބޭނުންވެއްޖެ

ޓީވީ މޯލްޑިވްސް ކައިރީގައި ހުންނަ އެންސީއައިޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން އެދުރުހިޔާ ބިލްޑިންގަށް ފައިބަރ އޮޕްޓިކް ކޭބަލެއް އެޅުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 13:00 އަށް

23 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015