ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BCC-AM/1/2024/22
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:06
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު

 

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ކުރިއެރުވުމުގެ މަގުސަދުގައި މިފަދަ ފަރާތްތަކުގެ ދަފްތަރެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލާ އެއްގޮތަށް ދަފްތަރުވުމުގެ ފުރުސަތު ހުޅުވައިލަމެވެ. 

މިއީ، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީ ކުރުން ލާޒިމުނުވާ، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ޤާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރު ކުރުމަށް ޓަކައި ހުޅުވައިލެވޭ ފުރުސަތެކެވެ.

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނާފައިވާ އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ފޯމު: https://forms.office.com/r/P6c8Zrik78

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމުގެ އުސޫލު މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.

19 ފެބުރުވަރީ 2024