ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/W-73
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެ އަދި ހުޅުމާލޭގައި 4 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް (IFB No.: 001/017182):
1. ދިވެހި ސަރުކާރާއި މަލްޓިލެޓަރަލް ބޭންކުތައް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސްކޭލިންގް-އަޕް އޮފް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސްރެޕް)ގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން މާލެ އަދި ހުޅުމާލޭގައި ’ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ‘ އުސޫލުން 4 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް، މާލެ އަދި ހުޅުމާލޭގައި ’ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފަރ‘ އުސޫލުން 4 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ވަކިވަކި ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ލޮޓް 1: މާލޭގައި ސޯލާ ޕެނަލް އިންސްޓޯލްކުރުން
ލޮޓް 2: ހުޅުމާލޭގައި ސޯލާ ޕެނަލް އިންސްޓޯލްކުރުން
3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އާރޓިކަލް 3.18ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
5. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ -/100 (އެއްސަތޭކަ) އެމެރިކާ ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 އެޕްރީލް 2015 އިން 31 މޭ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349125 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]
7. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 މޭ 4 ވާ ހޯމަ ދުވަހުގެ 14:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.
8. މިޕްރޮޖެކްޓުގެ ލޮޓް 1: މާލޭގައި ސޯލާ ޕެނަލް އިންސްޓޯލްކުރުމަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި -/150,000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އަދި ލޮޓް 2: ހުޅުމާލޭގައި ސޯލާ ޕެނަލް އިންސްޓޯލްކުރުމަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި -/100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
9. ބީލަން ހުޅުވުން އޮންނާނީ 2015 ޖޫން 1ވާ ހޯމަ ދުވަހުގެ 14:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
10. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.