މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2024/21
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 29 ފެބުރުވަރީ 2024 10:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ސެމިނާ ހޯލް މަރާމާތުކުރުމުގެ މަސައްކަތް

މި އޮފީހުގެ ސެމިނާ ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ސައިޓް ވިޒިޓިންގ ބައްދަލުވުން އޮންނާނީ 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި، ގ. ބިއްލޫރިޖެހިގޭގައެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މ. ސުޓާކުލައުޑް 1 ވަނަ  ފަންގިފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 10:30 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.                

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 27 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ ކުރިން [email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

18 ފެބުރުވަރީ 2024