ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2024/28
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 22 ފެބުރުވަރީ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ތ.ދިޔަމިގިލި ބްރާންޗް)

ނަންބަރު:FNK/A/IUL/20242/28   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތ.ދިޔަމިގިލި ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ލޭބަރ

މަޤާމު:

01 (އެކެއް) 

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް    

ޑިޕާޓްމަންޓް:

ތ.ދިޔަމިގިލި ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އޮފީހުގެ ފަރާތުން އެހެނިހެން އިދާރާތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް، އޮފީހުގެ ޤަވާޢިދުގެ ދަށުން އެފަރާތްތަކާއި ޙަވާލުކުރުން.
  • އޮފީހުގެ ގޯތިތެރެއާއި މަގުމަތީ ސަރަޙައްދުން އޮފީހުގެ ފަރާތުން ބަލަހައްޓަންޖެހޭ ސަރަޙައްދުތައް ވިނަނޮޅައި، ކުނިކަހައި ސާފްކުރުން.
  • އޮފީހުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި، ފޮޅައިސާފުކޮށް ފެންފޮތިލުމާއި، އޮފީހުގެ ޢިމާރާތުގެ ބޭރު ކުނިކަހައި އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން.
  • އޮފީހުގެ ފާޚާނާ މަދުވެގެން ހަފްތާއަކު ދެފަހަރު ދޮވެ ސާފުކުރުން.
  • އޮފީހުގެ ޢިމާރާތުގެ ބިއްލޫރި ދޮރުތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ފުހެ ސާފުކުރުން.
  • އިންޖީނުގެ އާއި އޮފީސް  ޢިމާރާތާއި  ބެލެހެއްޓުމަށްޓަކައި  ކުރެވެން ހުންނަ  ކުދިކުދި މަސައްކަތްތަކާއި  ކުދިކުދި  މަރާމާތުތައް ( މިސާލަކަށް ފްލަޝް ޓޭންކް،  ފެންއިސްކުރުން  ލީކުވާނަމަ އެކަމެއް  ރަނގަޅުކުރުންފަދަ ) ކުރެވެން ހުރިވަރަކުން،  ވެރީންގެ އިރުޝާދުގެ   މަތީން ކުރަމުން ގެންދިއުން.
  • އޮފީސް ޢިމާރާތުގެ ފާރުތަކާއި  ވަށާފާރު  ސާފުކޮށް  ބެލެހެއްޓުމާއި،  އެފަދަ ތަންތާގައި  ކުލަލުމުގެ  މަސައްކަތުގައި، ވެރީން  އަންގާ އުޞޫލެއްގެ މަތީން ބައިވެރިވުން.
  • އެކިއެކި ބައްދަލުވުންތަކަށް ނުވަތަ އޮފީހަށް  ޒިޔާރަތްކުރައްވާ  ބޭފުޅުންނަށް  މެހުމާންދާރީ  އަދާކުރުމުގައި އޮފީހުގެ ވެރިން  އަންގާގޮތެއްގެ މަތިން ކަންކަން އިންތިޒާމްކުރުމުގައި އެހީތެރިވެ ދިނުން.
  • އޮފީސް ޢިމާރާތާއި ގޯތިތެރެ ރީތިކުރުމަށްޓަކައި ގަސްއިންދުމާއި އިންދާފައިހުންނަ ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުން.
  • އޮފީހުގެ ބޭނުމަށް  އޮފީހުން ހޯދާ އިދާރީ ތަކެތި،  ސްޓޭޝަނަރީ އަދި  މިނޫންވެސް  ޚިދުމަތާއި ތަކެތި، އޮފީހުގެ ވެރިން  އަންގާ  ގޮތެއްގެމަތީން، ރަށުގެ ފިހާރަތަކުން އަގުހޯދުމާއި، އެފަދަ ތަކެތި ނުވަތަ ޙިދުމަތް ހޯދުމުގައި އެހީތެރިވެދިނުން.
  • ކަރަންޓްބިލާއި އަދި އޮފީހުން  ކަސްޓަމަރުންނަށް  ޙަވާލުކުރާ  އެހެނިހެން   ލިޔެކިއުންތައް  އޮފީހުން  އަންގާ  ޤަވާޢިދެއްގެ މަތީން  އެފަރާތްތަކާއި ޙަވާލުކުރުން.
  • ޚިދުމަތް ކަނޑާލުމުގެ ކުރީން އަންގާ އެންގުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.
  • އިންޖީނުގޭގައި ޑިއުޓީކުރަންޖެހިއްޖެނަމަ، ފަރުވާތެރިކަމާއި މުރާލިކަމާއިއެކު ޑިއުޓީ އަދާކުރުން.
  • އޮފީހުގެ ބޮޑެތި މަސައްކަތްތައް (މިސާލަކަށް އޮފީސް ޢިމާރާތް އެހެން ޢިމާރާތަކަށް  ބަދަލުކުރުންފަދަ) ހިނގަމުންދާ  ގަޑިތަކުގައި އޮފީހުގެ ވެރީން އަންގާގޮތުގެ މަތީން ވިއެންމެ މަތީ ދަރަޖައަކަށް އެ މަސައްކަތުގައި ބައިވެރިވުން. ( މީގެތެރޭގައި އިންޖީނު  ޑިކާބަނައިސް، އޯވަހޯލް ކުރުންފަދަ ޓެކްނިކަލް މަސައްކަތްތައް ވެސް ހިމެނެއެވެ. )
  • އޮފީހުން އުކާލަންޖެހޭ އެންމެހާ ކުނިބުނި ރައްކާތެރިކަމާއެކު، އެ ރަށެއްގައި ކަނޑައެޅިފައި އޮންނަ ޤަވާޢިދެއްގެ ދަށުން ނައްތާލަމުން ގެންދިއުން.
  • އޮފީސް ސާފްކޮށް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްތައް ރޭވުން.
  • އޮފީހުގެ އެންމެހާ ތަކެއްޗަށް ރައްކާތެރިވުމާއި، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  • އޮފީހާއި ނުގުޅޭ އެއްވެސް ފަރާތަކުން، އޮފީހުގެ މުދަލަށް ގެއްލުންދީ ހަލާކުކުރަމުން ގެންދާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމެއް އޮފީހުގެ ވެރީންނަށް ވީ އެންމެ އަވަހަކަށް ރިޕޯރޓްކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ތ.ދިޔަމިގިލި ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

18 ފެބްރުއަރީ 1445

8 ޝައުބާން 2024

18 ފެބުރުވަރީ 2024