މަސައްކަތް
ނަންބަރު: (IUL)14-A3/1/2015/
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 16 އޭޕްރިލް 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން

ސ.ހިތަދޫ އަދި ސ.ގަމުގައި މަސައްކަތްކުރާ މިއޮފީހުގެ މުވައްޒަފުންގެ ޔުނީފޯމު 3 އަހަރު ދުވަހުގެ މުއްދަތަށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/20) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ޔުނީފޯމު ފަހައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސ.ހިތަދޫ ކަސްޓަމްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ސ.ހިތަދޫ ކަސްޓަމްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015