ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2015/31
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 16 އޭޕްރިލް 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

މަޤާމު: ކޮންސްޓްރަކްޝަން އޮފިސަރ

ޑިޕާރޓްމަންޓް: ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

އަދަދު: 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ: މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސްތަކުގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން
  • ހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދުތަކާއި ޕްރޮޖެކްޓް ޕްލޭނާއި އެއްގޮތަށްތޯ ބަލައި ޔަގީންކޮށް އަދި ކޮލިޓީ ކޮންޓްރޯލް ކުރުމާއި ކޯސްޓް ކޮންޓްރޯލް ކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
  • ގަޑިން ގަޑިއަށް ޕޮރޮޖެކްޓްތަށް ނިންމުމަށް ކޮންޓްރެކްޓަރުން، އިންޖިނިއަރުން އަދި އެހެނިހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން
  • ހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ޗާޓާއި ވެދަރ ޗާޓް އަދި ޕްރޮޖެކްޓާ ގުޅޭ އެހެނިހެން ލިޔެކިޔުންތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ބަލައި ޕްރޮޖެކްޓް މެނޭޖަރަށް ރިޕޯޓުކުރުން
  • ޑިޕާރޓްމަންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • ކޮންސްޓްރަކްޝަން މުވައްޒަފުންނާއި ޕްރޮޖެކްޓް ޓީމުގެ އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ޓީމް ހިންގުމުގެ ހުނަރު
  • އޮޓޯކެޑް، އެމް.އެސް. ޕްރޮޖެކްޓް އަދި އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 6،200.00ރ (އެލަވަންސްތަކާއެކު މަދުވެގެން 11،130.00ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާއަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                

މާލެ، ދިވެހިރާއްޖެ                                                                            

ފޯނު: 3336755                                                                          

ފެކްސް: 3335892، ނުވަތަ،   

3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: 3353535

ފެކްސް: 3358892                                                            

13 އޭޕްރިލް 2015