ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2024/20
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 22 ފެބުރުވަރީ 2024 13:30
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ތަޢާވުންގައި 2 އެއާކޯން އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭން އަގު ހުށަހެޅުމަށް ހުޅުވާލުން

ކިހާދޫ ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން) ގައި 24000 ބީ.ޓީ.ޔޫ ގެ 2 އެއާކޯން އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  އިންސްޓޯލް ކުރާ 2 އެއާރކޯން ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

                  ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ނުވަތަ އަގު ހުށަހަޅާ ފޯމު ހުށަހެޅުން އެދެމެވެ. ކޮޓޭޝަން ނުވަތަ އަގު ހުށަހަޅާ ފޯމު ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަން ނުވަތަ އަގު ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ. އަގު ހުށަހަޅާފޯމު މި އިދާރާއިން ލިބެންހުންނާނެއެވެ.     

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ފެބުރުވަރީ 2024