ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH/PLD/2024/21
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 28 ފެބުރުވަރީ 2024 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ އެޗްޕީ.އެލް.ސީ އެނަލައިޒަރ ސަޕްލައިކޮށް، މި މެޝިނަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލަށް 05 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ އެޗްޕީ.އެލް.ސީ އެނަލައިޒަރ ސަޕްލައިކޮށް، މި މެޝިނަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލަށް 05 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ބޭނުންވާ އެޗްޕީ.އެލް.ސީ އެނަލައިޒަރގެ ސްޕެސިފިކޭޝަންއެވެ.

ވީމާ، މި މެޝިން ސަޕްލައިކޮށް އިންސްޓޯލްކޮށް ދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް http://tinyurl.com/37x6nvmn  މެދުވެރިކޮށް، 18 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 28 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 18 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 5 މާރިޗު 2024 (ބުދަ)
  • ގަޑި: 11:00 ގައި
18 ފެބުރުވަރީ 2024