ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2024/21
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި:
22 ފެބުރުވަރީ 2024 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަބުރުސްތާން ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭން އަގު ހުށަހެޅުމަށް ހުޅުވާލުން
މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން ނުވަތަ އަގުހޯދާފޯމު) ހުށަހެޅުން އެދެމެވެ. އަދި މަސައްކަތް ކޮށްދެވޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.
މައިގަނޑު މަސައްކަތްތަށް:
- ޤަބުރުސްތާންގެ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތަށް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން)
- ދުންނިކަގަހުގެ ތިރިވެފައިވާ އަފިތައް ކޮށުން.
- ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނި ނަގައި މިފަދަ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.
މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 6600053 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ފެބުރުވަރީ 2024