ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MBC-HH/MBC/2015/89
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 16 އޭޕްރިލް 2015 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮން އެއަރ އެސިސްޓަންޓް އޮޕަރޭޓަރ

މަޤާމު:

އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 3

މަޤާމުގެ ރޭންކް:

TP9

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން, މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލްވޭލް އިމްތިޙާނުގެ 3 މާއްދާއިން ފާސްވެފައި ވުމާއި، މަޤާމާ ގުޅޭދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގެ އަޑުގެ ބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް އަޑުއެހުމާއި، އޮންއެއަރ ރެކޯރޑިންގ ބެލެހެއްޓުން.
  • އައުޓް ޑޯ ބްރޯޑްކާސްޓިންގް ތައް މޮނިޓުކުރުމާއި ޓެސްޓް ކުރުމާއި، އަދި އެ ޔުނިޓުން އެފަދަ އިވެންޓް ތައް ގެންނަ ވަގުތުތަކުގައި އެޔުނިޓާއި އެހީތެރިކަން ފޯރުކޮށްދީގެން ލައިވްތައް ފުރިހަމައަށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރުން.
  • އޮންއެއަރ އޮޓޮމޭޝަން މައްސަލައެއް ދިމާވާނަމަ މެނުއަލްކޮށް އޮންއެއަރ ކުރަންޖެހޭ ހާލަތުގައި ޗެނަލްތަކުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  • ސްޓޫޑިއޯތަކުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދީ އަދި ވަގުތުން ޙައްލު ނުވާ ވަރުގެ ކަމެއް ދިމާވެއްޖެ ހިނދެއްގައި ސެކްޝަން ހެޑްގެ އިރުޝާދާއެކު އެކަމަކާ ގުޅުން ހުރި ޔުޓިތަކަށް އެ މަޢުލޫމާތު ފޯރުކޮށްދީ އެފަދަ ފަރާތްތަކާ ގުޅިގެން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ އަދި އެލަވަންސްއާއި އެކު:

ނޯޓް

މަހަކު -/8000 ރުފިޔާ.

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

 

ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައިއެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން/ ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015