ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އެސިސްޓެންޓް ( ވޭޖް ޕޫލް އެކުލަވާލުމާ ގުޅޭ )
ހިންމަފުށީ މިސްކިތްތަކުގެ މަސައްކަތު މުއައްޒަފުން އަހަރީ ޗުއްޓީ / ސަލާމް / ޢާއިލީ ޒިންމާ ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތް ކުރުމަށް މަސައްކަތުމީހުން 1 އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން ޕޫލެއް އެކުލަވާލަން ބޭނުން ވެއްޖެއެވެ.
މަޤާމް: ކައުންސިލް އެސިސްޓެންޓް ( ވޭޖް )
ބޭނުންވާ ޢަދަދު: _
ގިންތި: ވަގުތީ
ރޭންކު: އިމާމް – އެސް އެސް 1
މުއްދަތު: މީލާދީ 01 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށީ މަސްޖިދުއްޛިކްރާ
މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިސްކިތު މަސައްކަތު މުއައްޒަފުން ޗުއްޓީ އާއި ސަލާމުގައި ތިބޭ ވަގުތުތަކުގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ އެފަދަ ޙާލަތުގައި ހަމައެކަނި މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސް ތަކަށެވެ.
މުސާރަ އާއި އެލަވަންސް: ނަމާދުކުރާ ކޮންމެ ގަޑިއަކަށް -/45ރ ( ސާޅީސް ފަސްރުފިޔާ )
ތަޢުލީމާއި ތަޖުރިބާ:
- އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
- ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިއުން.
- ނުވަތަ ގްރޭޑް 7 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދޭ ސްކޫލްގެ ލިއުން.
- ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިއުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓެރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓެރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
- ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ، ބޮކިތައް ދިއްލުމާއި ފަންކާތައް ޖަހާ، މިސްކިތުގައި ރަގަޅުކުރަން ޖެހޭ ކަންކަން ބަލާ، ރަގަޅުކުރުން. އަދި ނަމާދު ނިމިގެން ފަންކާތަކާއި ބޮކިތައް ނިއްވުން.
- މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑުތަކާއި ފަންކާ ހޮޅިބުރިތައް ފޮޅާ ސާފުކުރުމާއި އިސްކުރުބަރި އާއި ފާޚާނާތައް ދުވާލަކު 1 ފަހަރު ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ވަށާމަގު ކުނިނޮޅާ، ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރޭގައި ހިޔާދޭ ބޮޑެތި ގަހާއި ބަގީޗާގަސް އިންދާ ހައްދާ ބެލެހެއްޓުން.
- މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
މަޤާމަށް އެދުމުގެ ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv/downloads/1515 ވެބްސައިޓުންނާއި ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
މަޢުލޫމާތު ސާފުކުރުން: މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6642020 ނަންބަރު ފޯނަށެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.