ދިވެހިރާއްޖެ
މިކައުންސިލުގެ ނަންބަރު IUL)219-CA/1/2015/4)ފ(22 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގައި ހުށަހަޅާފައިވާ އަގުތައް ބޮޑުވުމާއި އަދި ބައެއް ޕްރޮޕޯޒަލްތަކުގައި ބޭނުންވާ މަޢުލޫމާތު އެކަށީގެންވާވަރަށް ނެތުމުގެ ސަބަބުން އެ އަންދާސީހިސާބުތައް ބާޠިލުކޮށް، ޙަފުލާ އޮގަނައިޒްކުރުމާއި ޑެކަރޭޓްކުރުމަށް އަދި ކޭޓްރިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
14 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 11:00 އަށް |
20 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003886، 3003995 ނަންބަރު ފޯނާއެވެ.
20 ޖުމާދަލްއާޚިރާ 1436