ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/55
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 21 އޭޕްރިލް 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

މަޤާމު: ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 02

ރޭންކް: އެމް.އެސް 2

މުސާރަ: މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

ކޮންފްލިކްޓް އޮފް އިންޓްރެސްޓް: މުސާރައިގެ %35

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މާލެ

ޔުނިޓްގެ ނަން: ޕްރޮޖެކްސް

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އައި.ޓީ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އައި.ޓީދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އައި.ޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙްއްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު އެމް.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، އައި.ޓީ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އައި.ޓީ ދާއިރާއެއްގެ އެ ފެންވަރު މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މައިގަނޑު މަސައްކަތް: އީގަވަރމަންޓް ސިސްޓަމަށް ބޭނުންވާ އެޕްލިކޭޝަންތަކުގެ ރިކުއަރމަންޓް ތައްޔާރުކުރުމާއި ޑިވެލޮޕްކޮށް ޓެސްޓްކުރުމުގެ އިތުރުން ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ކަނޑައަޅާފައިވާ ފެންވަރުގައި ބެލެހެއްޓުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައި)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015