ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/10
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 27 ފެބުރުވަރީ 2024 20:45
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

                 އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކާ ފެބްރުވަރީ މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2024 ފެބްރުވަރީ 27 ވާ އަންގާރަ ދުވަހުގެރޭ 20:45 ގައި ބާރަށު ކައުންސިލް އިދާރާގެ ދެކުނުފަރާތު ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 ބައްދަލުވުމުގެ އެޖެންޑާ

  1. ބައްދަލުވުމުގެ ތަޢާރަފް
  2. 2023 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާކުރުން
  3. 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތައް
  4. ރައްޔިތުންގެ ޚިޔާލު ހުށައެޅުމާއި ސުވާލުތަކަށް ޖަވާބު ދިނުން

                  މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

                    ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                     08  ޝަޢުބާން 1445

18 ފެބުރުވަރީ 2024