ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2024/13
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 19:17
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައިވާ އެއްގަމު އުޅަނދު ޓޯވކޮށް ނައްތާލުމާގުޅޭ
އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މިވުޒާރާގެ ފަރާތުން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ބޭނުންނުކޮށް ގަވާއިދާ ޚިލާފަށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން 17 ފެބްރުވަރީ 2024 ވަނަ ދުވަހުން ފެށިގެން މި ވުޒާރާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވިމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
16 ފެބުރުވަރީ 2024