ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2024/11
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 26 ފެބުރުވަރީ 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

މި އިޢުލާންވަނީ 15 ފެބުރުވަރީ 2024 23:04 ގައި ބާތިލް ކުރެވިފައެވެ.


އިޢްލާން

ށ. ފީވަކު ނޫމަރާވިލާ ގޯޅިން ފެށިގެން އަހްމަދީމަގާއި ދެމެދު ހުރި ގޯޅިތަކާއި މަގުތަކުގައި މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން (1 އިން 656 އަށް) ނަންބަރު ޖަހާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް މިކައުންސިލްގެ އިދާރާއިން ބޭނުންވެއެވެ.

ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރާއި ރުއްގަހުގެ ވެރިފަރާތާއި އަދި ބަދަލު ފައިސާ ޖަމާކުރާނެ ބޭންކް އެކައުންޓުގެ މަޢުލޫމާތު އިނގޭނެހެން 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މި ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

15 ފެބްރުއަރީ 2024

15 ފެބުރުވަރީ 2024