މަސައްކަތް
ނަންބަރު: 116-FB2/IL/2024/61
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 21 ފެބުރުވަރީ 2024 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރޮށި ސަޕުލައިކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ރޮށި ސަޕުލައިކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

 

       މި ކުންފުނީގެ ބޭނުމަށް ރަނގަޅު ކޮލިޓީގެ ދިވެހިވަންތަ ރޮށި ދިގު މުއްދަތަކަށް ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 350 ރޮށި ސަޕުލައިކޮއްދޭން ޖެހޭނެކަމަށްވަނީ އަންދާޒާކުރެވިފައެވެ.

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބުރުވަރީ 21 ވާ ބުދަދުވަހުގެ މެންދުރު 1:00 ގެ ކުރިން، އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

       މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް'ގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށްވާންވާނެއެވެ.

       މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

15 ފެބުރުވަރީ 2024