ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2024/16
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 18 ފެބުރުވަރީ 2024 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް 17 މާޗް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ބާ ކައުންސިލުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ. (ލިންކް:https://maldivesbarcouncil.org/membership-roll/) 

މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ޝަކުވާ ފޯމުގެ ލިންކް: https://forms.office.com/r/uetJdY2jrt

 

15 ފެބުރުވަރީ 2024