ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2024/65
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:58
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ތިލަ ސަރަހައްދުގެ މަޢުލޫމާތު މުރާޖަޢާކުރުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 27 ސެޕްޓެމްބަރ 1995 ގައި މި މިނިސްޓްރީން ޙިމާޔަތްކޮށްފައިވާ ތަނބުރުދޫ ތިލަ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، މުރާޖަޢާ ކޮށް، 5 ނޮވެންބަރު 2020 ގައި އެ ސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅައި، އެސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު އިންވަނީ މުރާޖަޢާކޮށްފައެވެ. އަދި މި ސަރަހައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު ތިރީގައިވާ ގޮތަށް 15 ފެބްރުއަރީ 2024 އިން ފެށިގެން އަލުން މުރާޖައާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
15 ފެބުރުވަރީ 2024