ދިވެހިރާއްޖެ
އިޢުލާން:
އޮޅުވެލިފުށީ މަސްޖިދުއްޛިކުރާގެ އެތެރޭގައި ކުލަލާނެ ދޭނެ ފަރާތެއް ހޯދުން |
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުއްޛިކުރާގެ އެތެރޭގައި ކުލަލާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް ކައުންސިލް އިދާރާޔަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދަސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުން |
18 ފެބުރުވަރީ 2024 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
22 ފެބުރުވަރީ 2024 |
11:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.