މަސައްކަތް
ނަންބަރު: (IUL)232-AG/232/2015/31
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 19 އޭޕްރިލް 2015 10:15
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓައިމް އެޓެންޑެންސް ސިސްޓަމް އަދި ފިންގަރ ޕްރިންޓް ޑޯ ލޮކިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/21)ފ(02 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިކައުންސިލް އިދާރާއަށް ޓައިމް އެޓެންޑެންސް ސިސްޓަމް އަދި ފިންގަރ ޕްރިންޓް ޑޯ ލޮކިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 10:15 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

19 ޖުމާދަލްއާޚިރާ 1436

08 އޭޕްރިލް 2015