ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު IUL)232-AG/232/2015/20)ފ(02 މާރިޗު 2015) އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
މިކައުންސިލް އިދާރާގެ ( ގަލްފް ކްރާފްޓް ޓޯރިންގ 36 ) " ރަންފަރު " ލޯންޗަށް ކުޝަން ސީޓާއި ބެކްރެސްޓް އަދި ސަތަރި ސެޓް އަމިއްލަ ތަކެތީގައި ހެއްދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
19 ޖުމާދަލްއާޚިރާ 1436