މަސައްކަތް
ނަންބަރު: (IUL)417-IMS/417/2024/25
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:30
ސުންގަޑި: 15 ފެބުރުވަރީ 2024 13:45
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަވާދިއްތަ ދަތުރުގެ ދިވެހިކެއުން ހަމަޖެއްސުމާބެހޭ

ދިވެހި ކެއުމެއް ހެދުމަށް ކުރެވުނު ނަންބަރު (IUL)417-IMS/417/2024/12 އިޢުލާނާއި ގުޅިގެން ހުށަހެޅި ކޯޓޭޝަންތައް އަގުބޮޑުކަމަށް ފެންނާތީ އާއި މީހުންގެ ޢަދަދު މަދުވެފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއިޢުލާނާއެކު އާންމުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް 2024 ފެބުރުވަރީ 23 ވަނަ ދުވަހުގެ ރެޔަށް ދިވެހިކެއުން ހަމަޖައްސަވައިދެވޭނެ ފަރާތްތަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 13:45 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ކޯޓޭޝަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރައްވާ ބިޒްނަސް ޕްރޮފައިލްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ކޯޓޭޝަން ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކޯޓޭޝަން ހުށައެއްނޭޅޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2024