ތަމްރީނު
ނަންބަރު: (IUL)252/252/2024/13
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 20 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނަމްބަރ:(IUL)252/252/2024/13

އިޢުލާން

ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

            މި ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވަނީ ހުޅުވާލެވިފައިއެވެ. މިކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ދެޖިންސުގެ ފަރާތްތަކަށެވެ. މި ކޯހުގައި ކިޔަވައިދޭނީ މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

  • ކޯހުގައި ބައިވެރިވުމުގެ ފީ: 500.00 (ފައްސަތޭކަ ރުފިޔާ)
  • ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 25 (ފަންސަވީސް) ފަރާތަށެވެ.
  • ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 15 ބައިވެރިން ބައިވެރިވުމުންނެވެ.
  • ކޯހުގެ ބައިވެރިން ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ކޯހުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ފަރާތުންނެވެ.
  • ކޯހުގެ މުއްދަތަކީ 7 ދުވަހެވެ.
  • 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ.

 

            ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 އެވެ.

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLScms9dtVNK7NFtVxpNVuGAJVVJrzlB_gycEqPymzzTrPy7jiA/viewform?usp=pp_url

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

04 ޝަޢުބާން 1445

14 ފެބްރުއަރީ 2024

14 ފެބުރުވަރީ 2024