ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2024/29
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:18
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ޅ.މާފިލާފުށީގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

ލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ފެބުރުވަރީ 18 އިން 19 އަށް، ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ޅ.މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.  

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް  

 

  1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް :             ރައިފަލް  

  1. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:       4600 މީޓަރު 

  1. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      300 މީޓަރ 

  1. ވައިގެސަރަހައްދުބޭނުންކުރާނެއެންމެތިރިމިން:           ސީ.ލެވެލް 

  1. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ޅ.މާފިލާފުށީގެ އިރު ދެކުނު ސަރަޙައްދު 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.   

14 ފެބުރުވަރީ 2024