މަސައްކަތް
ނަންބަރު: (IUL)351/351/2024/9
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 22 ފެބުރުވަރީ 2024 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ އެތެރެ ފާރާއި ބޭރު ފާރު އަދި މުންނާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މި އިޢުލާންވަނީ 25 ފެބުރުވަރީ 2024 09:01 ގައި ބާތިލް ކުރެވިފައެވެ.


އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ އެތެރެ ފާރާއި ބޭރު ފާރު އަދި މުންނާރުގެ އެތެރެ ފާރާއި ބޭރު ފާރު މިކައުންސިލުން ވޯލް ސީލަރާއި ކުލަ ދިނުމުން ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2024