ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 ފެބުރުވަރީ 2024 10:14 ގައި ބާތިލް ކުރެވިފައެވެ.
ގއ. ނިލަންދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ.ނިލަންދޫ ހިނަވާގެ މާރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
މައުލޫމާތު ސެޝަން (ކައުންސިލްއިދާރާގެ ހޯލްގައި) |
18 ފެބްރުއަރީ 2024 (އާދިއްތަ) |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި) |
22 ފެބްރުއަރީ 2024 (ބްރާސްފަތި) |
11:00 |
މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.