ތަމްރީނު
ނަންބަރު: MBA/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 20 ފެބުރުވަރީ 2024 12:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އިންޓަނޭޝަނަލް ކޯޗިންގް އެޕްރެންޓިސްޝިޕް އިން ބާސްކެޓްބޯލް (އައި.ސީ.އޭ.ބީ) ޕްރޮގްރާމް 2024

ޖޫން އިން ނޮވެމްބަރ 2024 ގައި ޔުނިވަރސިޓީ އޮފް ޑެލަވެޔާ އަދި ޔުނައިޓެޑް ސްޓޭޓްސް އޮލިމްޕިކް އެންޑް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަނޭޝަނަލް ކޯޗިންގް އެޕްރެންޓިސްޝިޕް އިން ބާސްކެޓްބޯލް (އައި.ސީ.އޭ.ބީ) ޕްރޮގްރާމް 2024" ގައި ރާއްޖޭގެ ކޯޗުން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވިފައެވެ. މިޕްރޮގްރާމްގެ މަގުސަދަކީ ކުޅިވަރު ކުރިއެރުމަށްޓަކައި މަސައްކަތް ކުރަމުންދާ ނެޝަނަލް ލެވަލް ކޯޗުންގެ ބާސްކެޓްބޯލްގެ މައުލޫމާތާއި ހުނަރު އިތުރު ކުރުމެވެ.

 

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 މޮޑިއުލްއަށް ބަހާލައިގެންނެވެ. ފުރަތަމަ މޮޑިއުލް ކުރިއަށްދާނީ  4 މަސް ދުވަހަށް ބަހާލައިގެން އޮންލައިން ސެޝަންތަކަކަށެވެ. އަދި، ފަހު  3 މޮޑިއުލް ކުއިއަށްގެންދެވޭނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނިވާކުގައެވެ.

  • މޮޑިއުލް 1 –  އޮންލައިންކޮށް މަހަކު 2  ސެޝަންއަށް
  • މޮޑިއުލް 2 –  ޔުނިވަރސިޓީ އޮފް ޑެލަވެޔާގައި ބޭއްވޭ 2 ދުވަހުގެ ވޯކްޝޮޕް
  • މޮޑިއުލް 3 – ޔުނައިޓެޑް ސްޓޭޓްސްގެ އެން ސީ އޭ އޭ ކުލަބެއެއްގައި 3  ހަފްތާއަށް ބޭއްވޭ އެޕްރެންޓިސްޝިޕް
  • މޮޑިއުލް 4 – ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނިވާރކްގައި 3 ދުވަހަށް ކުރިގެންދެވޭ ފައިނަލް ވޯކްޝޮޕް

 

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ނަންހުށަހަޅާ ފަރާތްތަގެ  ތެރެއިން  ޝޯޓްލިސްޓް ކުރެވޭ ފަރާތްތަށް  ފިބާއޭޝިއަށް ފޮނުވޭނެއެވެ. އަދި ހޮވޭނެ ފަރާތް ކަނޑައަޅާނީ އެފަރާތުންނެވެ.

  • ޑަބްލިއު.އޭ.ބީ.ސީ ލެވަލް 1 ކޯޗިންގް ލައިސަންސް އަދި އެމް.ބީ.އޭ ލެވަލް 2  ކޯޗިންގް ލައިސަންސް އޮތް ފަރާތަކަށްވުން
  • ސްޕޯޓްސް ޕަރޕޯމަންސް ސްޕެޝަލިސްޓް ލެވަލް 1  ނުވަތަ ލެވަލް 2 ފުރިހަމަކޮށްފައިވުން
  • ޖޫނިއަރ އަދި ސީނިއަރ ނެޝަނަލް ޓީމްތައް ޑިޕެލޮޕް ކުރުމުގައި ބައިވެރިވަމުންދާ ފަރާތެއް ކަމުގައިވުން
  • އިނގެރޭސި ބަހަށް ފަރިތަވުން (ލިޔަން، ކިޔަން އަދި ވާހަކަދެއްކުމަށް)
  • ވޭތުވެފިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭއިން ބޭރުގައި ބޭއްވުނު ޓްރެއިނިންގްއަކަށް މިއެސޯސިއޭޝަން މެދުވެރިކޮށް ހޮވިފައިވާ ފަރާތަކަށްނުވުން

ވީމާ، ޕްރޮގްރާމްގައި ބައިވެރިވެލައްވަން ނަން ހުށަހަޅުމަށް ބޭނުންފުޅުވާ ކޯޗުން 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected]  އަށް ކަރިކިއުލަމް ވިޓޭ، ބާސްކެޓްބޯލް ޕްރޮފައިލް، ޕާސްޕޯޓްކޮޕީ އަދި ކޮވިޑް-19 ވެކްސިން ސެޓްފިކެޓް ހުށަހެޅުއްވުން އެދެމެވެ. 

13 ފެބުރުވަރީ 2024