ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310/310/2024/7
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 22 ފެބުރުވަރީ 2024 21:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 110 ވަނަ މާއްދާގައި ބުނާ ސިޓީ ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބުރުއަރީ އާއި ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު މިއަހަރުގެ ފެބުރުއަރީމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 22 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި މީދޫ ކައުންސިލް އިދާރާގެ ދަރުބާރު މާލަމުގައި އޮންނާނެއެވެ.

ހުށަހަޅާ ކަންކަން

  1. 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން
  2. 2023 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށަހެޅުން
  3. 2024 އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޙިއްސާކުރުން

           ވީމާ މިބައްދަލުވުމަށް މީދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

   ވީމާ މިކަން ޢާންމުކޮށްއެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

               

04 ޝަޢުބާން 1445

14 ފެބުރުއަރީ 2024

14 ފެބުރުވަރީ 2024