ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2015/80
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 30 އޭޕްރިލް 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ރެޖިސްޓާރޑް ނާރސް 

ބޭނުންވާ އަދަދު

-

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކްލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ނާރސިންގ ކެއަރގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު ގަބޫލުކުރާ އިންސްޓްޓިއުޓެއްގައި ނަރސިންގ ދާއިރާގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓްރީވެފައިވުން.

މަޤާމް

އެންރޯލްޑް ނާރސް

ބޭނުންވާ އަދަދު

-

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: GS 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ނާރސިންގ ކެއަރގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 

ސަރުކާރު ގަބޫލުކުރާ އިންސްޓްޓިއުޓެއްގައި، ނަރސިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓްރީވެފައިވުން.

މަޤާމު

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް  

ބޭނުންވާ އަދަދު

-

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކްލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ލެބޯރެޓަރީ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު ގަބޫލުކުރާ އިންސްޓްޓިއުޓެއްގައި، މެޑިކަލްލެބޯރެޓަރީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯރޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އެދޭ ރަށެއްގައި ހުސްމަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ، ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން)  ހުށަހެޅުން އެދެމެވެ. އެރަށެއްގައި ހުސްމަޤާމު އޮތް ޢަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ.  

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކް އެލަވަންސް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން (އިޢުލާނަށް ހަވާލާދީފައި) މިމިނިސްޓްރީއަށް ސިޓީއަކުން  ހުށަހެޅުން އެދެމެވެ. 
  2. މި ވަޒީފާއަށްއެދި ހުށަހަޅާއިރު، ލިބިފައިވާ ނާރސިންގ ސެޓްފިކެޓާއި، ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަނާއި، މުއްދަތު ހަމަނުވާ ލައިސަންސް (އެކްރެޑިޓްކޮށްފައިވާ  ސެޓްފިކެޓް ނުލިބޭނަމަ  ސެޓްފިކެޓް އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން) ހުށަހެޅުން އެދެމެވެ. މިކަންކަން ފުރިހަމަނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  4. އެއްރަށުން އަނެއްރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި

2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހު 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގެ ކައުންޓަރަށް)

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  1. އިންޓަވިޔު އޮންނާނީ ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒުގައި، 2015 މެއިމަހުގެ ތެރޭގައެވެ.
  2. އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014400 ނަންބަރު ފޯނަށެެވެ. 

 20 ޖުމާދަލްއާޚިރާ 1436
09 އޭޕްރިލް 2015