ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ބޭނުންވާ ލޮޖިސްޓިކްސް، މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
އަންގާރަ |
20 ފެބުރުވަރީ 2024 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
އާދީއްތަ |
25 ފެބުރުވަރީ 2024 |
14:00 |
ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި، ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.