ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/43
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:24
ސުންގަޑި: 16 އޭޕްރިލް 2015 14:30
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެނައުންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ފުވައްމުލަކު އަދި ކައްދޫ އެއަރޕޯޓަށް ޕަބްލިކް އެނައުންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015