މަސައްކަތް
ނަންބަރު: (IUL)195-A/195/2024/08
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 20 ފެބުރުވަރީ 2024 10:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

"ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން  އައްޔަނު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހަދަންޖެހޭ ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މި ކޮމިޝަނުން ކުރި މި ކޮމިޝަންގެ (IUL)195-A/195/2024/1 (03 ޖަނަވަރީ 2024) ، (IUL)195-A/195/2024/2  (17 ޖަނަވަރީ 2024) އަދި މި ކޮމިޝަން ނަންބަރު (IUL)195-A/195/2024/6 (30 ޖަނަވަރީ 2024) އިޢުލާންތަކާއި ގުޅިގެން އެކަށީގެންވާވަރަށް މީހުން ކުރުމަތިލާފައިނުވާތީ ތަޖުރިބާގެ ޝަރުޠު ބަދަލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ބަޔާންކުރާ ޑޮކިއުމަންޓް ތަކާއެކު، ސިޓީއަކުން 20 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން މި ކޮމިޝަންގެ އިދާރާ (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯރ / މެދުޒިޔާރަތްމަގު) އަށް ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ މި ކޮމިޝަންގެ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މިކޮމިޝަނުން ކުރި މި ކޮމިޝަންގެ (IUL)195-A/195/2024/1 (03 ޖަނަވަރީ 2024) ، (IUL)195-A/195/2024/2  (17 ޖަނަވަރީ 2024) އަދި މި ކޮމިޝަން ނަންބަރު (IUL)195-A/195/2024/6 (30 ޖަނަވަރީ 2024)  ނަންބަރު އިޢުލާންތަކާއި ގުޅިގެން އެޕްލައި ކުރެއްވި ފަރާތްތަކުން އިތުރު ޑޮކިއުމަންޓެއް ހުށަހަޅަން ބޭނުންކަމުގައި ނުވާނަމަ އަލުން އެޕްލައި ކުރަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 19 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

03 ޝަޢުބާން 1445

13 ފެބުރުވަރީ 2024