ދިވެހިރާއްޖެ
ނަންބަރު:(IUL)307/INDIV/2024/23
އިޢުލާން
2024ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން
މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ، ތިރިގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
1- މަޤާމް: ޕޫލް އިމާމު
ފެންވަރު ނުވަތަ ޝަރުތު: ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއި ގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ހާސިލްކޮށްފައިވުން.
އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 ( ފަސްދޮޅަސް އެއް ރުފިޔާ)
2- މަޤާމް: ޕޫލް މުދިމު
ފެންވަރު ނުވަތަ ޝަރުތު: ރީތިކޮށް ބަންގި ގޮވަން އެނގުމާއި ރީތިކޮށް ޤުރުއާން ކިޔަވަން އެނގުން.
އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/53 ( ފަންސާސް ތިން ރުފިޔާ)
3- މަޤާމް: ޕޫލް މަސައްކަތު
ފެންވަރު ނުވަތަ ޝަރުތު: އަސާސީ ސަރުތު / ލިޔަންކިޔަން އެނގުން
އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ( ސާޅިސް ފަސް ރުފިޔާ)
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 21 ފެބުރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ފެބުރުއަރީ 2024