ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H-2015/57
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:18
ސުންގަޑި: 22 އޭޕްރިލް 2015 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކަމިންސް ޖެނެރޭޓަރ ސެޓާއި އަދި އެއާގުޅޭ އެހެނިހެން ތަކެތި ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ކ.ތިލަފުށި އިންޖީނުގެއަށް ބޭނުންވާ 80KW ގެ ކަމިންސް ޖެނެރޭޓަރ ސެޓާއި އަދި އެއާ ގުޅޭ އެހެނިހެން ތަކެތި ސަޕްލައިކޮށްދިނުން

މިކުންފުނީގެ ކ.ތިލަފުށި އިންޖީނުގެއަށް ބޭނުންވާ 80KW ގެ ކަމިންސް ޖެނެރޭޓަރ ސެޓާއި އަދި އެއާ ގުޅޭ އެހެނިހެން ތަކެތި ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 09 އިން 2015 އެޕްރީލް 22 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހުގެ 15:00 އާ ދެމެދު 100.00 ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހިރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2015 އެޕްރީލް 23 ވަނަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2015 އެޕްރީލް 12 އިން 2015 އެޕްރީލް 22 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އާ ދެމެދުގައެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މިމަސައްކަތް ހަވާލުކުރުމުގައި ކްރެޑިޓަށް ދޫކުރާ އަދި ދިވެހިރުފިޔާ ޤަބޫލުކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.                     

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2015 އެޕްރީލް 09 އިން 2015 އެޕްރީލް 22 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2015 އެޕްރީލް 12 އިން 2015 އެޕްރީލް 22 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2015 އެޕްރީލް 23 ގައި

11:30 ގައި

އަގު ހުށަހެޅުން

2015 އެޕްރީލް 30 ގައި

11:30 ގައި

                                          20 ޖުމާދަލްއާޚިރާ 1436

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
09 އޭޕްރިލް 2015