ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2024/18
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 22 ފެބުރުވަރީ 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ކިހާދޫ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ހިންގުމުގައި ރަށުގެ މުއައްސަސާތަކާއި ރަށުގައި ހިންގާ ކުލަބް ޖަމްއިއްޔާތަކުގެ އެހީތެރިކަން ހޯދުމާއި ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މިކައުންސިލްގެ ފަރާތުން 2024 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކުޅިވަރު  މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ހިންގުމުގައި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކުލަބް ޖަމްއިއްޔާތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލަމެވެ.

އަދި މި ކައުންސިލްގެ ފަރާތުން މުއައްސަސާތަކާއި  ކުލަބު  ޖަމިއްޔާތަކުން އިސްނަގާ  މުޖުތަމައުގެ ފައިދާއަށް ހިންގޭ އެކިއެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ރަށުގެ މުއައްސަސާތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ކުލަބް ޖަމްއިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އުސޫލު"ގެ ނަމުގައި 2024 ޖަނަވަރީ 25 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވިފައިވާ އުސޫލާއި އެއްގޮތައް ކިހާދޫގައި ހިންގާ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ 2024 ވަނަ އަހަރު  މިކައުންސިލްގެ ފަރާތުން ހިންގުމަށް  ރޭވިފައިވާ ތިރީގައި  މިދަންނަވާ ހަރަކާތްތައް ރާވާ ހިންގުމުގައި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ކުލަބް ޖަމްއިއްޔާތަކުން އަދި މުއައްސަސާތަކާއި ކުލަބް ޖަމްއިއްޔާތަކުން އިސްނަގާ 2024 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ އެހެނިހެން ހަރަކާތްތައް ހިންގުމަށް ކައުންސިލްގެ އެހީތެރިކަން ހޯދުމަށް އެދިލައްވާނަމަ،  2024 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިއުލާނާއިއެކު އާންމުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުން އެދެމެވެ.

ކައުންސިލްގެ ފަރާތުން ކުލަބު ޖަމްއިއްޔާތަކުގެ އެހީތެރިކަމަށް އެދޭ ހަރަކާތްތައް؛

  1. ދެ ޖިންސުގެ ކުޑަކުދިންގެ ފުޓްސަލް މުބާރާތް ރާވާހިންގުން
  2. ރަށުފެންވަރުގައި އީދު ފާހަގަކުރުން
  3. ފިރިހެނުންގެ ވޮލީ މުބާރާތެއް ރާވާހިންގުން
  4. އަންހެނުންނަށް ފުޓްސަލް މުބާރާތެއް ރާވާހިންގުން
  5. ބޮޑެތިމީހުންނަށް އަދި ސުކޫލް ކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގުރާމް ހިންގުން
  6. ކިހާދޫގެ އަހަރީ ދުވަސް ފާހަގަ ކުރުން

ޝައުޤުވެރިވާ ކުލަބް ޖަމްއިއްޔާތަކުން ފުރިހަމަ ކުރާނެ އޮންލައިން ފޯމް: https://forms.office.com/r/VCn7NPDebc

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024