ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2024/68
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:06
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު
މި މިނިސްޓްރީން 22 ޖަނަވަރީ 2024 ގައި ކޮށްފައިވާ އިއުލާން ނަމްބަރު: (IUL)438-ENV/438/2024/19 (https://www.gazette.gov.mv/iulaan/273831) އާއި ހަވާލާދީ، ނޭޗަރ ޕާކް ޤާއިމުކުރުމަށް ޝައުޤުވެރިވެލައްވާ ރަށްރަށުން، އަދި ބަޔޮސްފިއަރ ރިޒާވްއަކަށް ޝައުޤުވެރިވެލައްވާ އަތޮޅުތަކުން މި އިޢުލާނާއެކު ހިމަނާފައިވާ 'ޝައުޤުވެރިވެކަން ފާޅުކޮށް ހުށަހަޅާ ފޯމް' ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން އިއުލާން ކުރަމެވެ. މިގޮތުން، ފުރިހަމަ ކޮށްފައިވާ ފޯމް މި މިނިސްޓްރީގެ [email protected] އީމެއިލް އަށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް www.enviroment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
13 ފެބުރުވަރީ 2024