ދިވެހިރާއްޖެ
ނަންބަރު: 258/258/2024/22(IUL)
އިޢުލާން
ދަނޑުބިމުގެ ގުރުއަތު ނެގުން
ހަނިމާދޫ ކައުންސިލުން ދަނޑުވެރިންނަށް ދަނޑުބިން ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރ (IUL)258/258/2022/97 (23 އޮކްޓޯބަރ 2022)، އިޢުލާނާއި ހަވާލާދީ އެކަމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދަނޑުބިން ދޫނުކުރެވިހުރި ފަރާތްތަކަށް މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ 10 ދަނޑުބިމުގެ ގުރުއަތުލުން 21 ފެބްރުއަރީ 2024 ވާ (ބުދަ) ދުވަހުގެ 13:15 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.
ވީމާ، ދަނޑުބިން ހޯދުމަށް އެދި ހުށައަޅުއްވާފައިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒަށް ޙާޟިރުވެވަޑައިގެން ދެއްވުން އެދެމެވެ. މި އިޢުލާނާއިއެކު ދަނޑުބިމަށްއެދި ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކުރަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
3 ޝަޢުބާން 1445
13 ފެބްރުއަރީ 2024