ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2015/036
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 16 އޭޕްރިލް 2015 12:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލް ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުންޏަށް ކޭބަލް ގަތުމަށް ކުރެވުނު ނަންބަރ: FNK-K(T)/FNK/IUL/2015/034 (26 މާރިޗު 2015) އިޢުލާނުގައިވާ މަޢުލޫމާތު ބަދަލުވެފައިވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

CABLES

#

Description

Qty

Unit

01

LV CABLE, 2C x 6 SQMM (Copper) round

5000

Meters

02

LV CABLE, 4C x 16 SQMM (CU/PVC/XLPE /PVC) Unarmored

5000

Meters

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މި ތަކެތި ސަޕްލައިކޮށްދެވޭނެ އަގު. (ލިސްޓްގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު ވަކިން އެނގޭނެހެން.)
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުންމުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ކްލިއަރ ކުރިކަމުގެ ލިޔުން.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.

އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:

  • އަގަށް (ދިވެހި ރުފިޔާ) 60 ޕޮއިންޓް

ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު 60

  • ބިލަށް ފައިސާދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 30 ޕޮއިންޓް

ފައިސާ ދެއްކުމަށްދެވޭ މުއްދަތު 30

  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Managing Director

Fenaka Corporation Ltd

IulaanNo:FNK-K(T)/FNK/IUL/2015/036

Port Complex.7th Floor

HilaaleeMagu, Maafannu

Male’

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިޢުލާން ނަންބަރ:FNK-K(T)/FNK/IUL/2015/036

ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު، މާފަންނު

މާލެ

ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018187 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ.

20 ޖުމާދަލްއާޚިރާ  1436

09 އޭޕްރިލް 2015