ކުއްޔަށް ދިނުން
ނަންބަރު: (IUL)405-A/2024/07
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:10
ސުންގަޑި: 22 ފެބުރުވަރީ 2024 13:30
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

އިޢުލާން

ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ.

ލ. ކުނަހަންދޫ ބަދަނރު މައްޗާއި ހިއްކިސަރަހައްދާއި އަދި ބަދަނރާއި ގުޅޭ ސަރަހައްދުގައި ހުރި މިކައުންސިލުގެ ރުއްތައް 03 (ތިނެއް) އަހަރުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިރުއްތައް ވަރުވާއަށް ނެއްގެވުމަށް  ޝަޢުޤުވެރިވެލައްވާ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަރު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ  14:00ގެ  ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ.  މި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަށް ފޯމާއެކު -/50 ( ފަންސާސް ރުފިޔާ) ގެ ފީއެއް ދައްކަންވާއެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.  

ރުއްތައް ކުއްޔަށް ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ފެބްރުވަރީ 21 ވަނަ ދުވަހުގެ  12:00ގެ  ކުރިން [email protected]  އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ފެބްރުވަރީ 22 ވަނަ ދުވަހުގެ  13:30ގައި  މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާންކުރީމެވެ.

  02 ޝަޢުބާން 1445    

12  ފެބްރުވަރީ  2024

12 ފެބުރުވަރީ 2024