މަސައްކަތް
ނަންބަރު: (B)GS133/2024/13
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 15 ފެބުރުވަރީ 2024 11:30
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
މި ސްކޫލުގެ ފާޚާނާ ޖަންގްޝަންތައް ނަރުދަމާ ނިޒާމާގުޅާލައި، ބޯފެނުގެ ނިޒާމު، ފެނުގެ ނިޒާމާގުޅާލައި ވޯޓަރ ޕިޔުރިފައި 2 މެޝިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ފާޚާނާ ޖަންގްޝަންތައް ނަރުދަމާ ނިޒާމާގުޅާލައި، ބޯފެނުގެ ނިޒާމު، ފެނުގެ ނިޒާމާގުޅާލައި ވޯޓަރ ޕިޔުރިފައި 2 މެޝިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މަސައްކަތަށް ބޭނުންވާ މައިގަނޑު ބައެއްތަކެތި ދިނުމުން، (އަމިއްލަ ތަކެތީގައި) މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، ސްކޫލުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް ސްކޫލަށް ދުރުވެ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެނުލައްވާ ފަރާތްތަކުން އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށައަޅުއްވާ އަންދާސީ ހިސާބު، ބަލައި ނުގަނެވޭނެ ވާހަކަ، މި ފުރުޞަތުގައި ދަންނަވަމެވެ.

#

ތަފްޞީލު

ގަޑި

ތާރީޚް

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11:30

15 ފެބުރުވަރީ 2024

ކަމަދޫ ސްކޫލް އޮފީސް

2

އަންދާސީ ހިސާބު ހުށައެޅުން

11:30

20 ފެބުރުވަރީ 2024

ކަމަދޫ ސްކޫލް އޮފީސް


ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2024