ދިވެހިރާއްޖެ
އދ. ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު: (IUL)353/353/2024/8
އިޢުލާން
އދ.ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުން
އދ.ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން 15 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ފައިބަރގްލާސް މަސައްކަތް ކުރުމަށް، ގަރާޖް، ވޯކްޝޮޕް، ވަޑާންގެ ހެދުމަށް، ގާއެޅުމަށް، އޮޑިދޯނިފަހަރުތަކުގެ ބޭނުމަށް އަދި ގުދަން ހެދުންފަދަ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އެކުލަވާލާފައިވާ "އދ. ދިގުރަށު އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
މި އިޢުލާނުގެ ދަށުން ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމާބެހޭ އިތުރު މަޢުލޫމާތު
- ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނި ނުވަތަ ވިޔަފާރިއެއްގެ ނަމުގައެވެ.
- ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ -/200 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑު ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައި.ޑީ.ކާޑުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
- ކުއްޔަށް ދޫކުރާ ބިމާބެހޭ އުސޫލު، ބިޑު ފޯމް އަދި ބިޑު ރަޖިސްޓްރޭޝަން ފޯމް، މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި ފޯމުތައް އިޢުލާނާއެކު ވަނީ ގެޒެޓްކުރެވިފައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
2 ޝަޢުބާން 1445
12 ފެބްރުއަރީ 2024
(ސޮއި)
އިބްރާހީމް އުޡްމާން
ކައުންސިލްގެ ރައީސް