ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)231-ED/PRIV/2015/4
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި: 16 އޭޕްރިލް 2015 11:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއިން ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ "މައިދޫ ލާންޗް" އަދި "ސަލާމް ލާންޗް" އަށް މާލެއިން ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގައި ދުއްވަމުންގެންދާ "މައިދޫ ލާންޗް" އަދި "ސަލާމް ލާންޗް" އަށް ބޭނުންވާ ތެޔޮ 1 އަހަރު ދުވަހުގެ މުއްދަތަށް މާލެއިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 ފެބުރުވަރީ 18 ވަނަ ދުވަހު ކުރެވުނު IUL)231-ED/231/2015/12) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި ދެ ލާންޗަށް މާލެއިން ތެޔޮ ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިމަންޓް ބައްލަވައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

2015 އެޕްރީލް 16 ވަނަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

 

ބިޑް އޯޕަން މީޓިންގ

2015 އެޕްރީލް 23 ވަނަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް ޑޮކިޔުމެންޓް ވިއްކާ އަގަކީ -/30ރ އެވެ. ބިޑް ޑޮކިޔުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 2015 އެޕްރީލް 16 ވަނަ ދުވަހުގެ 11:00 ން ފެށިގެން 2015 އެޕްރީލް 21 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދުނޫން ދުވަސްދުވަހުގެ 09:00 އިން 12:30 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑް ބައްލަވައިގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

09 އޭޕްރިލް 2015